English Edition
Dhivehi Edition
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާ

މި އަހަރު ތެރޭގައި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވިއައިއޭގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ތޯހާ ވިދާޅުވީ މިއަހަރު އެ އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ އަށް ބަދަލުތަކެއް ގެނެސް “މުޅިން އައު” އެއަރޕޯޓެއްގެ ސިފަ ޖެހިގެންދާނެ ކަމަށެވެ. އަދި މި އަހަރު ތެރެއަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން އައު ކާގޯ ޓަރމިނަލަކާއި ފިއުލް ފާރމެއްގެ މަސައްކަތް އޮތް އޮރު، އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ތޯހާ ފާހަގަ ކުރެއްވީ މި އަހަރު ތެރޭގައި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެއަރޕޯޓަށް ގެންނަ މި ބަދަލުތަކާއި އެކު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.