English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި “ސްމާޓް ގޭޓް” ހިދުމަތް އިފްތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޕެސެންޖަރު ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އަދި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދުއެވެ،

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވީ، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި އަވަސް ހިދުމަތެއް ދިނުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި އެމްއޭސީއެލް އޮތީ އެއަރޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، އެެ އެއަރޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ހިދުމަތް ދިނުމަށް ތައްޔާރަށްކަމަށް އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. “މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ޚިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ. ” އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާސިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެެކެެވެ.