English Edition
Dhivehi Edition
ވީއައިއޭއަށް ޖެއްސި ޖެޓްތަކެއް/ފޮޓޯ މީސްމީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށް އިޓަލީގެ އަސްކަރީ އުޅަނދުތައް ބަނދަރުކޮށްފައިވަނީ އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.

ގާތްގަނޑަކަށް މެންދުރުފަހު 15:00 ހާއިރު ޖެއްސީ ހަތަރު ފައިޓަރު ޖެޓާއި އެއް ސަޕޯޓު އެއާކްރާފްޓެވެ. މި ފައިޓަރު ޖެޓުތަކަކީ ޔޫރަޕުގެ ގައުމުތަކުން ބޭނުންކުރާ “ޔޫރޯފައިޓާ ޓައިފޫން” މަރުކާގެ ޖެޓުތަކެކެވެ. އެމްއެންޑިއެފް އިން ބުނީ، އެ އުޅަނދުތަކަކީ، ލޮޖިސްޓިކް ބޭނުންތަކަކަށް ވީއައިއޭއަށް ޖެއްސި އުޅަނދުތަކެއް ކަމަށާއި، އަދި ޖައްސާފައިވަނީ އެކަމަށް ބޭނުންވާ ހުއްދަތައް ނަގައިގެން ކަމަށެވެ.

އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ބުނެފައިވަނީ، އެ އުޅަނދުތައް ވީއައިއޭއަށް ޖައްސާފައިވަނީ ޓްރާންސިޓް ދަތުރުތަކެއްގައި ކަމަށެވެ. މި އުޅަނދުތައް މިދިޔަ އަހަރުވެސް ދެފަހަރެއްގެ މަތިން ވީއައިއޭއަށް ޖެއްސިކަމަށް އޭވިއޭޓަރސް އިން ރިޕޯޓްކޮށްފައި ވެއެވެ.

މިއަދު އައި އެ ފްލީޓްގެ ޖެޓްތައް ޖޫން 29 އިން 13 އޯގަސްޓްގެ ނިޔަލަށް ވީއައިއޭގައި ޓްރާންސިޓް ކުރުމަށް ވަނީ ތާވަލު ކުރެވިފަ އެވެ. އެ ދަތުރުތަކުގައި ރާއްޖޭގެ އޭޖެންޓުކަން ކުރަމުންދަނީ ވޮޔޭޖެސް މޯލްޑިވްސްއިންނެވެ.