English Edition
Dhivehi Edition
އޯރެއޯ މިލްކްޝޭކް/ ފޮޓޯ: ގޫގަލް

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އޯރެއޯ މިލްކްޝޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (2 ތަށްޓައް)

2 ޖޯޑު ވެނީލާ އައިސްކްރީމް

2/3 ޖޯޑު ކިރު

8 އޯރެއޯ ކުކީސް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ވިޕްޑް ކްރީމް

ތައްޔާރުކުރާނެގޮތް:

އައިސްކްރީމް، ކިރު އަދި އޯރެއޯ ކުކީސް ބްލެންޑަރަށް އަޅާލުމަށްފަހު އޮލަކޮށް ގިރާލާށެވެ. ދެން ތަށިނަގާފައި ތަށްޓައް އަޅާލުމަށްފަހު މައްޗަށް ވިޕްކްރީމް އަޅާފައި އޯރެއޯ ކުކީ އަކުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.