English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އާއިލާގެ ކުދި ބޮޑު އެންމެނަށް ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އައިސް ކޮފީ ރެގިއުލަރ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

02 މޭޒުމަތީ ސަމްސާ ކަޅުކޮފީ
02 މޭޒުމަތީ ސަމްސާ ހަކުރު
01 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
02 މޭޒުމަތީ ސަމްސާ ފެން
01 ޖޯޑު ފިނިކުރި ކިރު
01 މޭޒުމަތީ ސަމްސާ ހިކި ކިރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޖޯޑަކަށް ކޮފީ ،ހަކުރު ، ކޮކޯ ޕައުޑަރ އަދި ފެން އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮއްލާށެވެ. ދެން ކިރު ، އައިސްކިއުބް އަދި ހިކި ކިރު ބްލެންޑަރ އަށް އެޅުމަށް ފަހު ރަނގަށް ބްލެންޑް ކޮއްލުމަށްފަހު ،ޖޯޑުގައި ތައްޔާރު ކުރި ކޮފީ ބްލެންޑަރ އަށް އަޅައި ކިރާއި ކޮފީ އެއްކޮށް ރަނގަޅަށް އެއްވަންދެން ބްލެންޑް ކޮއްލުމަށްފަހު، ބިއްލޫރި ތަށީގެ އެތެރެފަރާތު ކޮފީ ސިރަޕް އިން ގާނިޝް ކުރުމަށް ފަހު ތަށްޓަށް އައިސްކިއުބް އަޅުމަށްފަހު ތައްޔާރު ކުރި ކޮފީ އަޅައި ސަރވް ކޮއްލާށެވެ.