English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އަނބު ކޭކް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

250ގ ފުށް

150ގ ބަޓަރު

1 ޖޯޑު ހަކުރު

1 ސައިސަމްސާ ބޭކިންގެ ޕައުޑަރ

5 ބިސް

2 އަނބު ގާނާފައި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުށާއި ބޭކިންގ ޕައުޑަރ ފުރާނާލާފައި ބަހައްޓާށެވެ. ބަޓަރާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރަމުން ދާއިރު ފަހަރަކު ބިހެއް އެއްކުރަމުން ދާށެވެ. ދެން މަޑުމަޑުން ފުށްވެސް އެއްކުރާށެވެ. ރަނގަޅަށް އެއްވީމާ ގާނާފައި ހުރި އަނބު އަޅާފައި ފުށްގަނޑު ހަރުނަމަ ކުޑަ ކިރު ފޮދެއް އެއްކުރާށެވެ. އަދި އަނބު ކުދިކޮށް ކޮށާފައި ތައްޔާރު ކުރި ފުށާއި އެއްކޮށްފައި ޓްރޭގައި ބަޓަރު ހާކާލާފައި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.

ކޭކް ފިހެވުމުން ވިޕިންގް ކްރީމުން ޑެކަރޭޓް ކޮށްލާފައި އަނބު ފޮތި އަދި އަނބުން ކްރީމް ތައްޔާރުކޮށްފައި، ގާނިޝް ކޮށްލާށެވެ.