English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި ބޯލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބިލިމަގު ފަނި” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (2 ތައްޓަށް)

4 ބިލިމަގު

2 ތަށި ފެން

3 ސައިސަމްސާ ހަކުރު

ތައްޔާރުކުރާނެގޮތް:

ބިލިމަގު ކޮށާލުމަށްފަހު ހަކުރާއި ފެން އެއްކޮށްގެން ބްލެންޑަރަށް އަޅާފައި ގިރާލުމަށްފަހު ފުރާނާލާށެވެ. ތައްޓަށް އައިސްކިއުބް އަޅާފައި ސާރވްކުރާށެވެ.