English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ކުޅިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މުގު ކުޅި ބޯކިބާ” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 ޖޯޑު މުގު (މަޑުކޮށްފައި)

3 ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށްފައި)

2 ސައިސަމްސާ ޗިލީފްލޭކްސް (ހިކިމިރުސް ރާޅުކޮށްހުރި)

1 ލުނބޯ

1 ޖޯޑު ވަޅޯމަސް (ފުނޑުކޮށްފައި)

1/2 ޖޯޑު ހުނި

ރަހަލާވަރަށް ހިކަންދިފަތް

2 ސައިސަމްސާ އިނގުރު ގާނާފައި

ލޮނު

1 ސައިސަމްސާ ރީނދޫ

ތައްޔާރުކުރާނެގޮތް:

ފިޔާ، މިރުސް ، މަސް އަޅާފައި ރަނގަޅަށް މޮޑެލުމަށްފަހު ބާކީ ތަކެތި ވެސް އެއް ކޮށްފައި ރަހަ ނިކުންނަ ވަރަށް މޮޑެލާށެވެ. ތައްޔާރު ކުރި މިކްސްޗާގެ ތެެރެއަށް 1/2 ޖޯޑު ފެން އެއްކުރުމަށްފަހު ލޮނު ހެޔޮވަރުކޮށްފައި ޓްރޭއަކަށް އެޅުމަށް އަވަނުން ފިހެލާށެވެ.