English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށްފަހު ކައިގެން ޑެޒަޓަކަށް ބޭނުން ކޮށްލާނެ މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ކާށި ޕުޑިންގ” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާ ތަކެތި: (ހަތަރު ތަށްޓަށް)

2 ޖޯޑު ކާށިކިރު

1/3 ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ޒުވާރިފުށް (ކޯންސްޓާޗް)

2 މޭޒުމަތީ ސަމުސާ ބަޓަރ

2 ބިހުގެ ގޮބޮޅި

(ކާށި ހުނި ގާނާފައި)

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް ކާށިކިރު، ހަކުރު، ޒުވާރިފުށް އަދި ބިހުގެ ގޮބޮޅި އެޅުމަށްފަހު މަޑުގިނީގައި، ގޮށް ނުލާހެން ދޭފަތުން ހަލުވަމުން ކައްކާށެވެ. ބާޓަރ ކޮޅު ވިރުވާފައި މީގެތެރެއަށް އެޅުމަށްފަހު 4 ނޫނީ 7 މިނެޓް ވަންދެން ކައްކާފައި އޮލަވީމާ ތެލި އުނދުންމަތިން ބާލާށެވެ. ދެން ތަށިތައް ނަގާފައި އޭގެތެރެއަށް ޕުޑިން މިކްސްޗަރ އެއަޅާފައި މައްޗަށް ގާނާފައި ހުރި ހުނި އެޅުމަށްފަހު ގާނިޝް ކޮށްލާށެވެ. ހީހޫ ވުމުން 15 ނޫނީ 20 މިނެޓް ވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.