މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވައިލައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލަމުން ދާކަމަށެވެ. އެމްޑީޕީގެ ހުރިހާ މެނިފެސްޓޯއެއްގައި ވެސް މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ވައުދުވާ ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯ ވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމަށްކަމަށެވެ.
އެމްޑީޕީގެ 2018ގެ މެނިފެސްޓޯގައިވާ ގޮތަށް ސަރުކާރުން އަމަލު ނުކުރާ ވާހަކަ ވަރަށް ބޮޑަށް މަސްވެރިން ފާހަގަކޮށްފައިވާކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސިނާއަތުގައި ސަރުކާރުގެ ބައިވެރިވުން ބޮޑުވުން ކަމަށެވެ.
2018 ވަނަ އަހަރުގެ މެނިފެސްޓޯއަށް އަލިއަޅުވާލަމުން ރައީސް ނަޝީދު ވިދާޅުވީ އެ މެނިފެސްޓޯގައި ސަރުކުރާގެ ބައިވެރިވުން ހައްލު ކުރެވޭނެ ގޮތް ވެސް ބަޔާންކޮށްފައިވާކަމަށެވެ. މި ގޮތުން އެކަމަށް އޮތް ހައްލަކީ ގޭދޮށު މަސްފެކްޓްރީގެ ސިޔާސަތުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަސްވެރިންނަށް ހަމަ އަގު ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށް ގޮވާލާފައެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ. މަސް ބާނާ މިންވަރު އިތުރުވުމާއެކު، މިފްކޯ އިން ވަނީ މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައެވެ.