English Edition
Dhivehi Edition
ވިލިމާލެ ފެރީ ޓާމިނަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ފަސްކޮށްފިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.މިދިޔަ މަހުގެ އެއްވަނަ ދުވަހު އީމާން ނިޔާވެފައިވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ހިނގި އެކްސިޑެންޓެއްގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ހުސްވުމާއި ގުޅިގެން ކުރިން އެ ދާއިރާގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ 14 މެއި 2022 ގައެވެ.

އެހެންނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ދުވަހު ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ބޮޑު އިންތިޚާބެއް ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މި ދުވަހުމ އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ވަނީ 16 މެއި 2022 ވާ ހޯމަ ދުވަހަށް ބަދަލުކޮށްފައެވެ.