English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑިއަށް ބޯލަން ވަރަށް މީރު އަދި ހަށިގަނޑަށް ފައިދާހުރި ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. މިޑްރިންކް އަކީ، ހޫނުގަދަ ދުވަސްވަރު ރޯދައަށް ހުރުމަށްފަހު ބުއިމުން ހަށިގަނޑު ފިނިކޮށްދީ ކަރު ހިއްކުން ފިލައިގެން ދިޔުމުގެ އިތުރުން ހަށިގަނޑަށް ވަރަށް ފައިދާހުރި ބުއިމެކެވެ. އެގޮތުން މިއަދު ގެނެސްދޭ ބުއިމަކީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސިޕީ އެއްކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

4 ތައްޓަށް

oz 8 ކެރެޓް ޖޫސް

oz 12 އޮރެންޖް ޖޫސް

1 ޖޯޑު އައިސް

2 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެގޮތް:

މަތީގައި ބުނެފައިވާ ހުރިހާ އެއްޗެއް ބްލެންޑަރަށް އެޅުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ތައްޓެއް ނަގާފައި ޖޫސް އެޅުމަށްފަހު އައިސް ކިއުބް އަޅާފައި އަދި މިންޓްފަތް ކޮޅަކުން ގާނިޝް ކޮށްލުމަށްފަހު ސާރވް ކުރާށެވެ.