ހިޔާ ފްލެޓްތަކުން ކުލި ދައްކަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރޭ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަސް ކަމަށްވާ ރަމަޟާން މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ތަކުލީފް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ. “މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން!” މުއިއްޒުގެ ޓުވިޓްގައި ވިދާޅުވިއެވެ.
ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހު(ރަމަޟާން މަހު)ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް. މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން!
— Dr Mohamed Muizzu (@MMuizzu) April 2, 2022
ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ ދައްކަންޖެހޭއިރު، މެއިންޓެނެންސް ފީ ގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖަހައެވެ. އެޗްޑީސީން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށާފައިވަނީ، ހަތް މަސް ދުވަސް ވަންދެން ކުލި ފަސްކޮށްދިނުމަށް ފަހުއެވެ.