English Edition
Dhivehi Edition
ފޮޓޯ: ޑަބްލިއުޑީސީ/ފޭސްބުކް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހުށަހަޅައިފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރާ، ކ.އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު، މި މައްސަލަ އެލްޖީއޭ ބޯޑަށް ހުށަހަޅުމަށްފަހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސަ ދެވެން ވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ނިމާލް ކުރެއްވި ޓުވިޓްގައި ވަނީ ހުރިހާ ކައުންސިލްތަކުގެ މެންބަރުންނަށާއި އަދި ވަޒީފާ އަދާ ކުރާ ބޭރު މީހުންނަށްވެސް ފައިސާ ލިބޭކަން ފާހަގަކުރައްވާފައެވެ. “އެލްޖީއޭގެ ބޯޑަށް މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް އަޅުގަނޑު މިހާރު ވާނީ އެދިފައި” ނިމާލްގެ ޓުވިޓްގައި ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ލިބެމުންދާ އެލަވަންސް މި އަހަރު ބޮޑުކޮށްފައިވާއިރު، ވަޒީފާ އަދާކުރާ މީހުންނަށް ލިބެމުންދާ ބައެއް ހައްގުތައް އަދިވެސް ކޮމިޓީތަކަށް ލިބިފައެއް ނުވެއެވެ،