English Edition
Dhivehi Edition

ގުޅީފަޅާއި ތިލަފުށި ގުޅުވާލުމުގެ މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް މެނޭޖަރ ޖިނާން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މާލެ އާއި ގުޅީފަޅު ގުޅުވާލުމުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށެވެ.

ތިލަފުއްޓާއި މާލެ އާއި ގުޅުވާލުމުގެ ޑީޕް ވޯޓަރ މަސައްކަތްތަކަށް ބޭނުން ކުރާނެ ޖެކް އަޕް ބާޖު މާލެ ގެނެސްފައިވާ ކަމަށާއި މި ބާޖަކީ ފުން ސަރަހައްދުތަކުގައި ސާރވޭ މަސައްކަތް ކުރުމަށް ގެނެސްފައިވާ ބާޖެއް ކަމަށެވެ. އަދި ސާރވޭގެ މަސައްކަތް ނިމުމުން ތަނބުތަކުގެ ޕައިލްސް އެޅުމަށް ވެސް މި ބާޖުގެ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅާއި މާލޭގެ ޕްރޮޖެކްޓް ސައިޓް އެސްޓަބްލިޝް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ބްރިޖް އެޅުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ވެސް މިހާރުއަންނަނީ ކުރަމުންނެވެ.