English Edition
Dhivehi Edition
ތިލަމާލޭގެ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުން

ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ %33 މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް ވިދާޅުވެއްޖެއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިން ޓީމު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ބައްލަވާ ލައްވާފައެވެ.

އެ މަސައްކަތް ބައްލަވާ ލެއްވުމަށް ފަހު ތޯއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މުޅި މަޝްރޫއުގެ 33.4 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވިއެވެ. އިތުރުން ތޯއާމް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު %1.2 ކުރީގައި ކަމަށެވެ.

މީގެ އިތުރުން ތޯއާމް ވިދާޅުވީ މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން އަންކަމަށެވެ.