English Edition
Dhivehi Edition

ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑަިއގެންފިއެވެ.

އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖޭގެ ދެކުނުގެ ދެ ސިޓީއަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.