English Edition
Dhivehi Edition

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގާ، ޒުވާނަކަށް އަނިޔާވެެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރުއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރެއިން އެކަކީ މާބަނޑު މީހެއް ކަމަށެވެ. އަދި ދެން އަނިޔާވެފައިވަނީ ކުޑަ ކުއްޖަކާއި ޒުވާން އުމުރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ޒުވާން ފިރިހެން ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އެޒުވާނާގެ ބޮލަށް އަނިޔާތަކެއްވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މާބަނޑުމީހާއަށާއި ކުޑަ ކުއްޖާއަށް ވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވީނަމަވެސް އޭގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ތިނަދޫ ފްލެޓް ސަރަހައްދު ތާރު މަގުގައި ދެސައިކަލު ޖެހިގެން އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު ހާދިސާއާއި ގުޅޭ ތަފްސީލެއް ފުލުހުން މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ.