English Edition
Dhivehi Edition

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވަނިކޮށް އެސްއޯ ފުލުހުންގެ ބެލުމުގެ ދަށަށް ނަރީޝް ގެންދިޔައިރު އަދި މުޒާހަރާ ފަށާފަ އެއްވެސް ނުވެއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލާފައިވާއިރު މުޒަހަރާގެ ބައިވެރިންވެސް ވަނީ ނަރީޝް ދޫކޮށްލުމަށް ގޮވާލާފައެވެ.

ނަރީޝް ހައްޔަރު ކުރި ވަގުތު އެމަންޒަރު ވީޑިއޯ ކުރަން މަސައްކަތްކުރި “ޗެނަލް-13″ގެ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާއިރު، ފުލުހުންވަނީ މުޒާހަރާ ކަވަރުކުރުމުގައި، ފުލުހުންގެ އެންގުތަކަށް ބޯލެބުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.