English Edition
Dhivehi Edition

މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ރައްޔިތުންގެ މަޖިލީހަށް ނުކުންނެވުމަށް ޕީޕީއެމް، ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މިކަން އޭނާ އިއުލާން ކުރައްވާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.

އެ ޓްވީޓުގައި ނަރީޝް ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާއިއެކު ކުރިޔަށް އޮތް ރައްޔިތުން މަޖިލީސް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވާދަކުރައްވަނީ ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކަމަށެވެ.

އެހެންވެ، އެ ދާއުރާގެ ޓިކެޓު ހޯދުމަށް ޕީޕީއެމް / ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމި ކަމަށާއި މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އޭނާ ވާނެ ކަމަށެވެ.

އެހެންވެ، އޭނާ ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް، ޕީއެންސީ މެންބަރުން އޭނާ އަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބި ކޮށްދެއްވުމަށް އެދިފައެވެ.