English Edition
Dhivehi Edition

މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނޭވާހޮޅިއަށް” މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން، ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފިއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުޒާހަރާ ފެށުމުގެ ކުރިން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ޝީލްޑާއެކީ އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެ ސަރަހައްދުގައި ފުލުހުންގެ ގިނަ ވެހިކަލްތަކެއް ވެސް ބާއްވާފައި ވާއިރު ޕީޕީއެމް އޮފީހަށް ދާން އޮންނަ ހުރިހާ މަގެއްގައި ހެން ވަނީ ބެރިކޭޑް ޖަހައިފައެވެ.