English Edition
Dhivehi Edition

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ހިޔާ ޔޫނިއަން އިން 1500 ސިޓީ އެޗްޑީސީއަށްހުށައަޅައިފިއެވެ.

ހިޔާޔޫނިއަންގެ ފަރާތުން ބުނީ ސިލްސިލާކޮށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް މިދާ ހަރަކާތުގެ ސިޓީގައި ސޮއި ކުރުން މިއަދު ވެސް ހަތަރަކުން މިރޭގެ ދިހައެއް ޖަހަންދެން ކުރިއަށްދާނެ ކަމަށެވެ. އަދި މިހަރަކާތުގައި ފުރަތަމަ 10 ގަޑިއިރު ތެރޭ ވެސް 1500 އަށްވުރެންގިނަ ފަރާތްތަކުން ސިޓީގައި ސޮއިކޮށްފައިވާ ކަމަށާއި އެޗްޑީސީ އަށް ހުށަހެޅި ފުރަތަމަ ދިހަ ގަޑިއިރުގެ ތެރޭގައި ސޮއި ކުރި ސިޓީތައް ކަމަށެވެ.

މީގެ އިތުރުން މިކަން ކުރުމުގެ މަޤުސަދަކީ ހިޔާގެ ބަލަދުވެރި ފަރާތް އެޗް،ޑީ،ސީ އަށް ސިޓީތައް ހޭންޑް އޯވަރ ކުރަން ފަސޭހަކޮށްދިނުމާއި ކަމުގެ ބާވަތުން ގިނަ ބަޔަކަށް ބައިވެރިވުމަށް ފުރުސަތު ދިނުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ. އަދި މިހަރަކާތް ކުރިއަށްދަނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެއްބާރުލެއްވުމާއި އކެުގައި ކަމަށާއި އެހެންކަމުން އެކި އެކިގޮތް ގޮތުން އެހީތެރިވެދައްވަމުންދާ ފަރާތްތަކަށް ހިޔާ ޔޫނިއަންގެ ފަރާތުން ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރާ ކަމަށް ވެސް ބުންޏެވެ.

ހިޔާޔޫނިއަންއަކީ ހިޔާ ފުލެޓު ލިބުނު މީހުންގެ ހައްޤުތަށް ހޯދައިދިނުމަށް ވަކާލާތުކުރުމާއި ހިޔާ ޝަހަރުގެ އިޖުތިމާޢީ ކަންކަން ކުރިއެރުމަށް އެކުލަވާލެވުނު ޖަމިއްޔާއެކެވެ.

މިޖަމިއްޔާ އުފެދުމަށްފަހު މިވީ މަދު ދުވަސްތަކުގެ ތެރޭގައި ވަނީ ހިޔާ ފްލެޓުގެ ގުރޭސްޕީރިއަޑް އިތުރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ސަރުކާރުންވަނީ މީގެކުރިން ގުރޭސްޕީރިއަޑަށް އިތުރު ތިންމަސްދެއްވާފައެވެ. އަދި ގުރޭސްޕީރިއަޑާއި ކުލި ހިމެނޭހެން އިތުރު ޑިމާންޓްތަކާއި އެކު ޖޫން 2021 ގައި 2100 (ދެހާސް އެއްސަތޭކަ) މީހުންގެ ސޮޔާއެކު ޕެޓިޝަނެއްވަނީ ކަމާއިގުޅުންހުރި ވުޒާރާތަކަށް ހުށައަޅާފައެވެ.