English Edition
Dhivehi Edition
އައްޑޫގައި އަޅާފައިވާ ހައުސިން ޔުނިޓްތައް، ހައުސިން މިނިސްޓަރ ބައްލަވާލައްވަނީ

ސަރުކާރުގެ ހައުސިން ސްކީމުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫގައި އަޅާ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ގާއިމްކުރާ ހައުސިން ޔުނިޓްތައް ޑިޒައިން، ބިލްޑު އަދި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ފިނޭންސުން މިއަދު ކުރި އިއުލާނުގައިވެއެވެ. ފޭދޫގެ އިތުރުން ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރުގައި އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް މި އިއުލާނުގައި ވެއެވެ.

އަދި އެ ތިން ރަށުގައި ވެސް އަޅާނީ ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ކަމަށް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އެމަސައްކަތަށް ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ ތިން ލޮޓަކަށް ބަހާލައިގެންނެވެ. އަދި ޝަރުތު ހަމަވާނަމަ ދިވެހި އަދި ބޭރު ގައުމުގެ ފަރާތްތަކަށްވެސް ބީލަމަށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިިނިސްޓްރީން ބުނިގޮތުގައި ކޮންމެ ލޮޓަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 23ގައެވެ.

ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. އެ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެކަމަށް ފައިސާ ބަލައިގަންނަން ފަށާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 21ގެ ނިޔަލަށެވެ.

.ބީލަން ހުޅުވާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގެ ޖަލްސާކުރާ މާލަމުގަ އެވެ.