English Edition
Dhivehi Edition

އެކި މައްސަލަތަކާއި ގުޅިގެން, ރާއްޖޭގައި އުޅޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 37 ފިރިހެނެކެވެ. އެމީހުންގެ ވަނަވަރާއެކު އިމިގްރޭޝަނުން އާންމުކުރި މައުލޫމާތުގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި އިންޑިއާގެ ތިން މީހެއް އަދި ނައިޖީރިއާ ދެ މީހަކާއި ތައިލޭންޑާއި އިޓަލީ، ބްރިޓިޝް، ސްރީ ލަންކާ އާއި ފިލިޕިންސާއި އިތިއޯޕިއާގެ މީހެކެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ “އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން” އަށް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އެ ބިދޭސީންނަށް އަންގާފައެވެ، އެ ފަރާތްތަކަކީ އެ އިދާރާގެ އެކި ސެކްޝަންތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހޯދާ މީހުންކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ،

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ކަންބޮޑުވާ ހިސާބަށް މައްޗަށް ގޮސްފައިވާއިރު، ފަހަކަށް އައިސް ބިދޭސީން ކުށްކުރާ ނިސްބަތްވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.