English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، މާލޭގެ ހެންވޭރު ގެއެއް ބަލައި ފާސްކޮށްފައި ވަނީ ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ގޮތުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ އެގެ ބަލައި ފާސްކޮށް އެ ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ވެސް އިިގްރޭޝަނުން ވަނީ މަލޭގެ ފަސް ގެއެއް ބަަލައި ފާސްކޮށް ފަސް ބިދޭސީއަކު އަތުލައިގެންފައެވެ.