English Edition
Dhivehi Edition

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުވަދޫ އަތޮޅަށް ވަޑައިގެންފިއެވެ.

އޭނާ ހުވަދު އަތޮޅަށް ވަޑައިގެންނެވީ މިއަދުއެވެ.

ގދ. މަޑަވެލިން މި ދަތުރު ފެއްޓެވި އިރު، މި މަހުގެ ވިހި ވަނ ަދުވަހާއި ހަމައަށް ގއ. އަދި ގދ އަތޮޅުގައި އިންތިގެ ކެމްޕެއިން ޓީމުން ހަރަކާތްތެރިވާނެއެވެ.

ޗެއަރޕާސަންކަމުގައި ކުރަން ހުށަހަޅާ ކަންކަން އިޢުލާނު ކުރާނީ ގދ. ތިނަދޫގައި ކަމަށް ވެސް ކެމްޕެއިން ޓީމުން ބުނެފައިވެއެވެ.

އެމްޑީޕީގެ އިންތިޚާބުގައި ޗެއަރޕާސަންގެ މަގާމަށް ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.