English Edition
Dhivehi Edition

ރަމަޟާން މަހަށް ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލުން، ވޮލީ މުބާރާތެއް ބާއްވަން ނިންމާ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބާއްވާ “މާލޭސިޓީ ކައުންސިލްގެ ޕާރކް ވޮލީބޯޅަ މުބާރާތް 2022” އަންހެން އަދި ފިރިހެން ޑިވިޜަން ގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީ ވެފައިވާ ކުލަބް/ޖަމިއްޔާ ތަކަށެވެ.

މި މުބާރާތުގައި ކޮންމެ ޑިވިޜަން އަކުން 1 ވަނަ 2 ވަނަ 3 ވަނަ 4 ވަނަ އަދި 5 ވަނަ ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ކޮންމެ ޑިވިޜަނަކުން އެއްވަނަ ޓީމަށް -/45000 ރުފިޔާ، ޓްރޮފީ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 2 ވަނަ ޓީމް -/25000ރުފިޔާ އާއި ސެޓްފިކެޓް، 3 ވަނަ ޓީމް -/15000ރުފިޔާ އާއި ސެޓްފިކެޓް، 4 ވަނަ ޓީމް -/10000ރުފިޔާ އާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާއިރު، 5 ވަނަ ޓީމް -/5000ރުފިޔާ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އާއި މުބާރަތުގެ ޤަވާއިދު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު، ތާރީޚަކީ 27 މާރޗް 2022 އެވެ.