English Edition
Dhivehi Edition
ހައި ކޯޓު ދެކުނު ގޮފި

އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެދިލެއްވުމަށް އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި..ސީ.ބީ) އުޞޫލުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، އިސާ ބަލައިގަންނާނީ 16 މާރިޗު 2022 އިން 6 އެޕްރީލު 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00ގެ ކުރިން މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/650,000ރ (ހަލައްކަ ފަންސާސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.މި މަސައްކަތުގެ ބިޑު ހުޅުވުން އޮންނާނީ 11 އެޕްރީލު 2022 ވާ ހޯމަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

އައްޑޫ ސިޓީގައި ހަދާ ކޯޓް ކޮމްޕްލެކްސް ގާއިމުކުރުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ހިތަދޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ އިމާރާތް ހުންނާނީ ތިން ބުރިއަށެވެ. އެންމެ ތިރީގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓެވެ. ފުރަތަމަ ބުރީގައި ސިވިލް ކޯޓާއި ފެމެލީ ކޯޓެވެ. ދެވަނަ ފްލޯގައި ހުންނަނީ އިދާރީ އޮފީހެކެވެ.

މި ކޮމްޕެކްސް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި ބީއޯކިއު އާއި ޓެންޑާ ޑޮކިއުމެންޓްސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އެޕްރީލްމަސް ތެރޭގައެވެ.