English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ

އައްޑޫ ސިޓީ ކައުންސިލުން، އައްޑޫ ރައްޔިތުންނާއި ބައްދަލުކުރަން ނިންމާ، މި ބައްދަލުވުންތައް ކުރިއަށް ގެންދާނެ ތާރީހްތައް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ،

މި ގޮތުން މި މަހުގެ 21 ވަނަ ދުވަހު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ އިރުޝާދިއްޔާ ސްކޫލުގައެވެ. ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ 23 މާރިޗު 2022 ގައެވެ.

ފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން، ފޭދޫ ސްކޫލުގައި މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިބައްދަލުވުމުގައި 2021 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2022 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރެވޭނެކަމަށެވެ.