English Edition
Dhivehi Edition
ފޮޓޯ: ވީމީޑިއާ

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭތީ އެކަމާ ގުޅިގެން ތައްޔާރުކުރި ރަންޔޫބިލް ލަވަ ލޯންޗްކޮށްފި އެވެ.

ރޭ މިކަމަށް ހާއްސަކޮށްގެން ބޭއްވި ޝޯގައި ލަވަ ލޯންޗް ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް)އާއި އަބްދުލް ރަޝީދު (އަބްސީ)އާއި އަދި ނިޝް ނާޝިދެވެ. މިއުޒިކް ޔޫނިއަން މޯލްޑިވްސް އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ “ނަލަ ނަލަ ރާއްޖެ” ލަވައިގެ ވީޑިއޯގައި ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ގުދުރަތީ ރީތި ކަން ދައްކުވައިދީފައިވެ އެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން “2022: ފަތުރުވެރިކަމުގެ ރަން އަހަރު” ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައިވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު، މި ލޯގޯ ބޭނުންކުރަން ފަށާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.