English Edition
Dhivehi Edition

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އާއިލާއެއް ރާއްޖެ ގެނެސްފިއެވެ.

މިއަދު ރާއްޖެ ގެނައި އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެކާއި، 18 އަހަރު ނުފުރޭ ހަތަރު ކުދިންނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައި ވަނީ ރާއްޖެއިން ބޭރުގައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން މިހާރު ތިބީ ނެޝަނަލް ރީ-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ، ރާއްޖެއިން ބޭރުގައި އުފަންވި ދެ ކުދިންގެ ޑީއެންއޭ ކަށަވަރުކޮށް ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ފުރިހަަމަ ކޮށްފައިވާ ކަމަށެވެ. އަދި ރިސްކު އެސެސްމަންޓް ހަދާ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ މީހަކާ ދެކޮޅަށް އެކަން ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ރާއްޖެއަށް ގެނައި އާއިލާއަކީ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ރާއްޖެ ދޫކޮށް ދިޔަ އާއިލާއެކެވެ. މިއީ ދިވެހިންގެ ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ އެވެ.