English Edition
Dhivehi Edition
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ބޭނުންކުރާ އެމްޕީއެލްގެ ބަހެއް: ފޮޓޯ އަޒީމް

އައްޑޫސިޓީ ލިންކު ރޯޑުން އީސީސީ ސަރަހައްދުގައި ދުއްވާފައި ދަނިކޮށް އެމްޕީއެލް ބަހުގެ ފުރޮޅެއް ނެއްޓިއްޖެއެވެ.

އެމްޕީއެލް އިން އައްޑޫގައި އާންމުންނަށް ބަހުގެ ޚިދުމަތް ދެމުން ގެންދާ ބަސްތަކުގެ ތެރެއިން ބަހަކަށް މި ހާދިސާ ދިމާވި އިރު އެބަހުގައި ތިބީ އެންމެ 3 ފަސިންޖަރުންނެވެ.

އެމްޕީއެލް އިން ބުނީ ބަހުގެ ފުރޮޅު ނެއްޓުނީ ބޯލްޓެއް ބިންދައިގެން ދިއުމުގެ ސަބަބުން ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.

އައްޑޫގައި އެމްޕީއެލް އިން ދެމުން އަންނަ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކު ހޯދަމުން އަންނަ ޚިދުމަތެކެވެ. އަދި މީގެ ކުރިން އެމްޕީއެލް ގެ އެއްވެސް ބަހަކަށް މިފަދަ ކަމެއް ދިމާވެފައެއްވެސް ނުވެއެވެ