English Edition
Dhivehi Edition

ރާއްޖޭގެ ހަ ހޮސްޕިޓަލަކަށް ދިހަ ދާއިރާއަކުން ސްޕެސަލިސްޓު ޑޮކްޓަރުން ތަމްރީނު ކުރަން ނިންމައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފްކޮށްފައިވަނީ ރާއްޖޭގެ ހަ ހޮސްޕިޓަލަކަށް ދިހަ ދާއިރާއަކުން ސުޕަރ ސްޕެޝަލިޓީޒް އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމުގެ ޚާއްސަ ސްކޮލަޝިޕް ސްކީމެކެވެ.

ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެ ސްކޮލަރޝިޕްތައް އިއުލާންކޮށްފައިވާ އިރު، އެއީ ސަރުކާރުގެ އޮފީސްތަކުގެ ތިން އަހަރުދުވަހުގެ “ޓްރެއިނިންގ ނީޑްސް” ގައި ފާހަގަކުރެވިފައިވާ، އަދި ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސުޕަރ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރަނީ ހުޅުމާލޭ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުސަމަދް މެމޯރިއަލް ހޮސްޕިޓަލް އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލަށެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ދާއިރާތަކަކީ:

  • ނެފްރޮލޮޖީ،
  • ކާޑިއޯ ވެސްކިއުލާ،
  • ތޮރޭސިކް ސާޖަރީ،
  • އެންޑޯކްރައިނޮލިޖީ އެންޑް ޑައިބެޓިކް،
  • ގޭސްޓްރޯއެންޓިރޯލޮޖީ އަދި ހެޕަޓޮލޮޖީ،
  • އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ،
  • މެޑިކަލް އޮންކޮލޮޖީ،
  • ޕީޑިއެޓްރިކް ނިއުރޯލޮޖީ،
  • ރިއުމަޓޮލޮޖީ،
  • ސާޖިކަލް އޮންކޮލޮޖީ