ގދ ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން އެރަށު މަސްވެރިން ނުކުމެ އައިސްޕްލާންޓުގައި ތަޅު އަޅުވައިފިއެވެ.
މަސްވެރިން އައިސްޕްލާންޓުގައި ތަޅު އަޅުވާފައިވަނީ އެމީހުން ބާނާ ގިނަ އަދަދެއްގެ މަސްތައް ނުކިރި ލަސްވުމާއި ގުޅިގެންނެވެ. އަދި ބައެއް ފަހަރު މަސްކިރަން އެ އަތޮޅު ފަރެސްމާތޮޑާ ބަނދަރަށް ދާން ޖެހުމުގެ ސަބަބުންނެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ އިއްޔެ ތިނަދޫގައި އިހްތިޖާޖުކޮށްފައިވާއިރު މަސްވެރިންވަނީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ތިނަދޫއަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.
ތިނަދޫ މަސްވެރިން ވަނީ އެ ރަށުގެ އައިސްޕްލާންޓުން ނަންބަރު ލިބޭނެ ގޮތް ހެދުމާއެކު މަސްކިރުވޭނެ ގޮތެއް ހަމަނުޖެހޭ ހިނދަކު ތިނަދޫ އައިސްޕްލާންޓް ނުހުޅުވޭނެކަމަށެވެ.
ތިނަދޫ އައިސްޕްލާންޓް ތަޅުއެޅުވުމާއި ގުޅިގެން އެކަމަށް ހައްލު ހޯދައިދިނުމަށް އެ ރަށު ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ.