English Edition
Dhivehi Edition

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، “ކޮންފަރެންސް އޮން ވިމެން އެމްޕަވަރމަންޓް” ގެ ނަމުގައި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ކާމިޔާބު ހަރަކާތެއް ބާއްވައިފިއެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ރޭ ކުރިއަށް ގެންދިޔަ މި އިވެންޓުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު ބީސީއެމް އިން ވިދާޅުވީ މިއީ މެންހެޓަން ބިޒްނަސް ހޮޓެލާއި މެންހެޓަން ފިޝް މާކެޓްގެ އެހީތެރިކަމާއެކު ހިންގުނު ހަރަކާތެއް ކަމަށެވެ.

މިއީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުގެ ފަންނީ ފަރާތްތަކުގެ ތަޖުރިބާއާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަަމަށް ބީސީއެމުން މައުލޫމާތު ދެއްވައެވެ

މި ޕްރޮގްރާމުގައި މަޝްވަރާކުރެވުނު މައުޟޫޢުތަކުގެ ތެރޭގައި ވިމެން އިން މީޑިއާ، ވިމެން އެންޑް ދަ އިކޮނޮމީ، ވިމެންސް ހެލްތު އަދި ވިމެން އެންޑް އެންވަޔަރަމަންޓް ހިމެނެއެވެ. ޕެނަލިސްޓުގެ ގޮތުގައި މި މައުޟޫޢުތަކަށް ވާހަކަ ދެއްކެވީ އެޑިއުކޭޓަރ އެންޑް ޓީވީ ޕްރެޒެންޓަރ އައިމިނަތު ނަމްޒާ، މެޑިފްލެކްސްގެ ޑައިރެކްޓަރ އޮޕަރޭޝަންސް އެންޑް މާކެޓިންގ އައިމިނަތު ޝާޔަން ޝާހިދު، މިޕްސްޓަރގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު ޢަލީ ނާޒް އަދި ޕެޑީ ކޯސް ޑިރެކްޓަރ ޒޫނާ ނަޞީމެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި 14 ޖަނަވަރީ 2022ގައި އިފުތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައި، އަންހެނުންނަށް ގިނަ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.