English Edition
Dhivehi Edition

ގދ. ތިނަދޫގައި މޫދަށް އެރޭ ސަރަހައްދެއް އެމްޓީސީސީން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

އެ ކައުންސިލުން ބުނީ ރައްޔިތުންގެ އެދުމާއެކު އެރަށު ހުޅަނގުފަރާތުގައި މޫދަށް އެރޭ ސަރަހައްދެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެމްޓީސީސީއާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މިހާރުލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

އެރަށުގައި މޫދަށް އެރުމަށް މިވަގުތު ޚާއްސަކޮށްފައިވަނީ އެރަށު އުތުރު އިރުމަތީ ފަރާތުގައި އޮންނަ ސްވިމިންގ ޓްރެކް ސަރަހައްދެވެ.

އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއެއްވެސް ހުވަދޫ ސްވިމިންގ ކްލަބްއާ ގުޅިގެން ކައުންސިލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މި މަސައްކަތުގެ ދަށުން، އެތަނަށް މޫދަށް އެރެން ދާ މީހުންނަށް ފެންވެރޭނެ ގޮތަށް 8 ޝަވަރާއެކު ވަޅެއް ބެހެއްޓުމަށް ނިންމާފައިވާ އިރު، އެ މަސައްކަތުގެ ބޮޑު ބައި މިހާރުވަނީ ނިމިފައެވެ.

އެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.