English Edition
Dhivehi Edition

އެވިޑް ކޮލެޖުން މިއަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ތަފާތު ދާއިރާތަކުން އެވިޑް ކޮލެޖްގައި ހިންގާ އެކިއެކި ދަރަޖަތަކުގެ ހަތްދިހަ ފަސްކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ އެކަމަށްޓަކައި އަންގާރަ ދުވަހު ހެނދުނު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެވިޑް ކޮލެޖްގައި ކޯސްހިންގާ ދާއިރާތަކުގެ ތެރޭގައި ޝަރީއާ އެންޑް ލޯ، ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓީޗިންގ، އެޑިޔުކޭޝަން، ސައިކޮލޮޖީ އަދި ކައުންސެލިންގ ހިމެނެއެވެ.

މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓަރސް ފެންވަރުގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުން ގެންދެއެވެ. މިއިން ކޮންމެ ކޯހަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކޮށް ހުއްދަ ދީގެން ހިންގާ ކޯހެކެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދިން ގޮތުގައި ދިވެހިރާޢްޖޭގެ ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ރަށެއްގައި ވެސް އެވިޑް ކޮލެޖްގެ ކޯސްތައް ހިންގޭނެއެވެ. އަދި ޝަޢުގުވެރިވާ ފަރާތްތަކަށް އެވިޑް ކޮލެޖުން މަރްހަބާ ކިޔާނެއެވެ.

އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އެވިޑް ކޮލެޖްގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށްފަހު އޮންލައިންކޮށް އެޕްލިކޭޝަން ފޯރމް ފުރާލެވެނެއެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ކޯސްތަކުގެ ފީ ގެ ތަފްޞީލް އެވިޑް ކޮލެޖްގެ ވެބްސައިޓުންނާއި އެވިޑް ކޮލެޖްގެ ކޮންމެ ކެމްޕަހަކަށް ޒިޔާރަތްކޮށްގޮންވެސް ލިބޭނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަތީތަޢުލީމުގެ ފުރުޞަތު އާންމުންނަށް އަތްފޯރާފަދަ ހެޔޮ އަގެއްގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ދެހާހަށްވުރެ ގިނަދަރިވަރުން އެކއެކި ކޯސްތަކުގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންގެންދެއެވެ.