އަންހެނުންގެ ފަރާތުން އަބަދަށަސް އިވޭ އެއް އަޑަކީ އެވެރިންގެ ފިރިން އެވެރިންނަށް ވަގުތު ނިދޭ ވާހަކަ. ގިނަ ފަހަރަށް މިޅި ދުވަސް ނިމިގެން އެބޭކަލަސް ގިނަ ފިރިންނަށް އޮއްނެއި އަންހެނުންނާއި އެއްވިއަސް އަޅާއް ނިލީފެއި.
ރެޔާއި ދެވާލި ކުދިންގެ ކަންތަކާއި ގޭއެތެރުގެ ކަންތައް ވަރަބަލިކަމަށްނެތި ބަލަމުން އަންހެނުން އޭކަލަކި އެވެރިން ކެރާ އެއްމެބޮޑަ އެއް އުއްމީދަކީ ފިރިމީހާގެ ފަރާތުން ލޯބީގެ ބަހަށް ނުންފެހޭ ހިތްއުފާވޭކަހަލެއި ކޮއްމިޔަސް ތައުރީފުގެ ބަހަށް އަޑައިވުން. އަފިރިން އަންހެނުންނަކީ ފިރިންގެ ފަރާތުން ތަޢުރީފު އަޑަ އަހާހިތްވޭ ބާކިންކަން އޭ އެއްމެނަށަސް އެގޭ ކަމަށް.
ފިރިންގެ ފަރާތުން އުފާވެރި ބަސްތަކަށް އަޑައިވުމަކީ އަނބިންނަށް ވަރަށް ރަންގަޅަ އަސަރަސް ކެރާ ކަމަށް. އެގޮތައް ފިރިމީހާ ގެއްއޭކަލަކި އަނބިމިހާ ކިތައްމި ބިޒީ ކޮއްހިށަސް ކަވަރިވެފެއި ތިމާގެ ކުދިން އަދި އާއިލާ އަށް ޓަކައި ތެ ކޮއްދޭ ބުރަމަސައްކަތައް ޝުކުރުވެރިވޭ ވާހަކަ ބެނުން ވެގެން އޭނެއި އެދުވަހި ހަތަރަދަމި އަންހެންމީހާ ވެފެއި ހިށި ވަރަބަލި މިޅިން ފަލަގެން އޭނެ ކަމަކަށް.
އަދި ގިނަފަހަރަށް އަފިރިންގެ މަސައްކަތް ހިންނަގޮތުން، ނުންފެހޭ ދިރިއުޅުމުގެ ކަންކަން ހިންނަގޮތުން އެހެކާ އެނައްމީހާއިއެކީ ހޭދަކެރާ ވަގުތު ވަރަށް މަދަ. މިފަދަ ވަގުތުތަކިއަސް ފިރިމީހާ އަނބިމީހާއި އެކީ ވަގުތު ހޭދަކެރާ ހިތްވޭ ވާހަކަ ބެނުމަކީ ފިރިމީހާގެ ދިރިއުޅުމަ އަންހެން މީހާ އަށް ދީގޮސް ހިށި ޚާއްޞަ މަޤާމަށް ކަންއިހުސާސްވެ އުފާވޭހެއް.
އަނބިމީހާ ނުވަތަ ގާލްފްރެންޑް ގެ ރިވެތިކަމަށް ތައުރީފުކޮއް ހެދުންލާ ސްޓައިލް ކަމިވޭފެހޭ އެކަމަށަސް ތައުރީފުކޮއް މީރިވަސްދޮވާސެންޓަށް ޖެހިފޭހޭ އެކަމަސް ފާހަގަކެޑުމަކީ އޭ އަންހެންވެރިންނަށް ލިބިގެން އޭނެ ބޮޑަ ހިތްހަމަޖެހުމަށް.
އަދި އަނބިމީހާ އިތުބާރަކެރާވާހަކައި އިހްތިރާމް ކެރާ ވާހަކަ ގިނަ ގިނައިން ބެނުމަކީ ބޮޑަ އުފަލަށް ކަމަށް ގަބޫލުވެއި. ހަމަ އެކަނި ބަސްތަކުން ނުނަސް އަންހެނުންނަށް ތައުރީފްވޭހެއް. ހަދިޔާގެ ގޮތަ އެއްތައް އަނބިމީހާއަށް ދިއްކޮއްލުމަށް ވަނި ބޮނޑަ އުފަލަކަސް ނެއްކަމަށް ގިނަ އަންހެނުން ގަބޫލުކެރަތާ. އަދި ހަމަ ދެވެރިން ބުރުޖަހާއް ގޮސް ކެއުމަކަށް ކޮއްމިއަސް ރެސްޓޯރެންޓަކަށް ގިއުމަކީ ފިރިންނަށް ކޮއްދިއޭނެ ވަރަށް ހެއު އުފާވެރިކަމަށް.