English Edition
Dhivehi Edition

ގއ ވިލިނގިލީ އެމްޑީޕީ ގެ އަންހެން ކެނޑިޑޭޓުންގެ ފަރާތުން އިސްނަގައިގެން ކަނބަލުންގެ ދުވަސް ގއ ވިލިނގިލީ ލޭޑީސް ބީޗުގައިކުލަގަދަ ކޮށް ފާހަގަކޮށްފި އެވެ.

ކަނބަލުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީ ގެ އަންހެން ކެނޑިޑޭޓުންގެ ފަރާތުން ޚާއްސަ އިވެންޓު ތަކެއް ލޭޑީސް ބީޗު ސަރަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން އެމްޑީޕީ ގެ އަންހެން ކެނޑިޑޭޓު ޝީބާ އަހުމަދު ވިދާޅުވީ ، މި ހަރަކާތް ތަކަކީ ވިލިނގިލީގެ ހުރިހާ ކަނބަލުންނަށް ޚާއްސަ ކޮށްގެން އިންތިޒާމް ކުރި ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތު ގެ މަގުސަދަކީ ކަނބަލުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އެކު މިސަރުކާރުގެ ތެރެއިން ކަނބަލުންނަށް ހުރި ފުރުސަތުތަށް ހިއްސާކޮށް ކަނބަލުން ބާރުވެރިކުރުމުގެ މަސައްކަތް ކުރުންކަމުގައި ޝީބާ ވިދާޅުވިއެވެ.

ޝީބާ އިތުރަށް ވިދާޅުވީ މި ހަރަކާތްތަށް ކުރިއަށް ދިޔައީ ސަގާފީ ކެއުމަކާއި އެކު ކަމަށެވެ.ކަނބަލުންނަށް ޚާއްސަކޮށްގެން ކުޅުނު ކުޅިވަރު ތަކުގެ ތެރޭގައި ވާދެމުން، ފައިގެތަޅާ، ތިންމަގޯލި އަދި ތަފާތު ފެނުގެ ކުޅިވަރުތަށް ކުރިއަށް ގެންގޮސްފައި ވެއެވެ.މި ހަރަކާތްތަކުގައި ވިލިނގިލީގެ ގިނަ ކަނބަލުން ތަކެއް ބައިވެރި ވެފައި ވާކަން ޝީބާ ފާހަގަކުރެއްވިއެވެ.

May be an image of one or more people, people standing, palm trees and beach

ރާއްޖޭގެ ހުރިހާ ރަށެއްގައި ބައިނަލް އަޤުވާމީ އަންހެނުން ގެ ދުވަސް ފާހަގަ ކުރަމުން ދާއިރު، ވިލިނގިއްޔަކީ ކޮންމެ އަހަރަކު މި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާ ރަށެކެވެ. ނަމަވެސް މިފަހަރު މި ދުވަސް ފާހަގަ ކޮށްފައި މިވަނީ މުޅިން ތަފާތުގޮތަކަށެވެ.