English Edition
Dhivehi Edition
ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީ ގެ ސީއީއޯ އާއި އެއްކޮށް ބޭއްވުނު ބައްދަލުވުން - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލުން، މާލެ ސިޓީއަށް ރަސްމީ ދަތުރެއް ކުރައްވާ، ސަރުކާރުގެ އިސްވެރިންނާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން، 6 މާރިޗު 2022 އިން ފެށިގެން 12 މާރިޗު 2022 އަށް ކުރައްވާ ދަތުރުގައި ފުވައްމުލައް ސިޓީ މޭޔަރު އަދި ކައުންސިލަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ދަތުރުގެ ބޭނުމަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، ފުވައްމުލައް ސިޓީގެ ޑިވެލޮޕްމަންޓް ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ހިއްސާކޮށް މަޝްވަރާކުރުންކަމަށެވެ. އަދި ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި މުވައްސަސާތަކާއި ހިއްސާކޮށް، މަޝްވަރާކުރުންކަމަށެވެ.

މި ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން މި މަހުގެ 06 ވަނަ ދުވަހު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި ބާއްދަލުކުރައްވާފައިވާއިރު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ‏މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުއާއި ވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ (އެމް.އެމް.ޕީ.އާރު.ސީ) ސީ.އީ.އޯ އަދި އެ.މް.ޑީ ތައްޔިބު މުހައްމަދުއާއި ބައްދަލުކުރައްވާފައިވާއިރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއި އެކުވެސް ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މީގެ އިތުރުން ސިވިލް ސަވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހުއާއި މިއަދު ބައްދަލު ކުރެއްވިއިރު އިންޑިޔާއިން ރާއްޖޭއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޝްރީ މުނު މަހާވަރުއާއިވެސް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.