English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޕީސީއާރް ނުހަދާ ރާއްޖެ އާދެވޭގޮތަށް ހަދައިފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާއިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ. އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

ހަމަމިއާއެކު ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން ވެސް ރާއްޖޭން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓު ވެސް ދެން ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެފައި އޮތުމަށް ފަހު، އޮމިކްރޯން ވޭރިއަންޓާއެކު ޕޮޒިޓިވް ރޭޓު އުފުލުމުންނެވެ.

އެހެންނަމަވެސް އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު މަދުވެ، ޕޮޒިޓިވް ރޭޓު ދަށްވާން ފެށުމުން ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

އެގޮތުން ގިނަ މީހުން އެއްވެ އުޅުމާއި ކުޅިވަރު ކުޅުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އަދި ޕާޓީތަކާއި ހަފުލާތައް ވެސް ބޭއްވުމަށް ވަނީ ހުއްދަ ދީފައެވެ.