English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ފީފާ ވަރލްޑް ކަޕް ގަތަރު 2022 ގެ ގްލޯބަލް ކަނެކްޓިވިޓީ ސަރވިސް ޕްރޮވައިޑަރއަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މި މުހިންމު ހަރަކާތަށް ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫ އިން ބުނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަޤްވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި ޑޭޓާ ދޫކުރުމަށް ގަތަރުގައި ހުންނަ އިންޓަރނޭޝަނަލް ބްރޯޑްކާސްޓިންގ ސެންޓަރާއި ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.

އުރީދޫއިން ދަނީ ބްރޯޑްކާސްޓް ގްރޭޑްގެ ވީޑިއޯ ޕްރޮޑަކްޝަން އަދި ޑިސްޓްރިބިއުޝަނަށް ބޭނުންވާ ކޮލިޓީ އާއި ރެސިލިއަންސް ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދޭ މަލްޓި-100ގިގް އިންޓަރނޭޝަނަލް ނެޓްވޯކެއް ބިނާކުރަމުންނެވެ.

އުރީދޫ ގަތަރުގެ ޗީފް ބިޒްނަސް އޮފިސަރ ޝައިހް ނާސިރު އަލް ޘާނީ ވިދާޅުވީ މީގެ ކުރިން އެ ގައުމުގައި ބޭއްވި އެކި ކުޅިވަރު ހަރަކާތްތަކުގައި ވެސް އުރީދޫއިން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީފައިވާތީ އެ ކުންފުންޏަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.

އުރީދޫ އާއި ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް) އާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގިރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެއެވެ.