English Edition
Dhivehi Edition

ހަހާހަށް ވުރެ ގިނަ ބައިންވެރިންނާއެކު އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ނިންމާލައިފިއެވެ.

އިއްޔެ ހަވީރު 3:30 އިން ފެށިގެން 6:00 އަށް ހުޅުމާލެގައި ކުރިއަށް ގެންދިޔަ 5-ކޭ ދުވުމުގައި ހުރިހާ އުމުރުފުރާއަކުން ވަނީ ބައިވެރިވެފައެވެ. ކުޑަކުދިންނާއި ހަމައިން ފެށިގެން އެހެން އުމުރުފުރާތައް ހިމެނޭ ގޮތަށް އާއިލާތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް ބައިވެރިވެފައިވި މި ރަން ކުރިއަށް ދިޔައިރު ތަފާތު ކުޅިވަރު ހަރަކާތްތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފޯމް ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއެކު ތަފާތު ފަން ސްޓޭޝަންތައް މި އަހަރުގެ ދުވުމުން ވެސް ފެނިގެން ގޮސްފައިވެއެވެ.

އުރީދޫ ފަންރަންގައި ރަޖިސްޓްރީވެގެން ބައިވެރިވި ފަރާތްތަކުގައި މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތަށްވަނީ 2 ބޭފުޅަކަށް އެއް ރޭ ޖުމައިރާ ރިޒޯޓުގައި ހުރުމުގެ ފުރުސަތު ލިބިފައެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ޑްރޯން ރޭސް އޮންނާނީ މިއަދު ހެނދުނު 9 އިން 12އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މިރޭހުގައި ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ވަނީ ބައިވެރިވެފައެވެ.

އެ ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން ވާދަކުރާ ރޭހެކެވެ. ޑްރޯން ރޭހުގައި ބައިވެރިން ވާދަކޮށް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ވެސް ދޭން ވަނީ ހަމަޖެހިފައެވެ.

ފަން ރަންގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެއެވެ.