English Edition
Dhivehi Edition

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކާ ގުޅިގެން އުރީދޫއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުރީދޫއިން ބުނީ މި ހަރަކާތްތަކަކީ އީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ކަމަށެވެ.

އުރީދޫއާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން މާލެ ސަރަހައްދުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު އުރީދޫ ޓީމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް އީދު ހަދިޔާ ވެސް ވަނީ ބަހާފައެވެ.

މިފަހަރުގެ އަޟްހާ ޢީދުގައި އުރީދޫއިން ކުރިއަށްގެންދިޔަ ޙަރަކާތްތައް:

  • މާލި
  • ލަނގިރި ޖެހުން
  • ބޮޑުބެރު ޖެހުން
  • ސްޓޭޖް ޝޯ
  • ބޮޑުމަސް ނެރުން
  • އާޓިސްޓުންގެ ޕެއިންޓިން ޝޯކޭސް ހިމެނެއެވެ. މީގެ އިތުރުން ނ. ލަންދޫގައި އުރީދޫއިން ވަނީ އީދު ފާހަގަކުރުމަށް މާލި ނެރުމާއި ލަނގިރި ޖެހުން ފަދަ ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ބ. ކެންދޫގައި ކުޑަކުދިންނަށް ޚާއްސަ ބަބުލް ޝޯއަކާއި ތަފާތު ގޭމުތައް ތައްޔާރުކޮށްފައިވެއެވެ.

    އީދު ފާހަގަކުރުމަށް ޅ. ނައިފަރުގައި ގިނަ ހަރަކާތްތައް ފެނުނުއިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރާއި ސްޓޭޖްޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނު ކަމަށް އުރީދޫންއިން ބުންޏެވެ.