English Edition
Dhivehi Edition

އުރީދޫ ގްރޫޕުން ހިންގާ ހުރިހާ ކުންފުނިތަކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށް ޖަރުމަނުގެ ސޮފްޓްވެއާރ ކުންފުނި އެސްއޭޕީއާއި ގުޅިއްޖެއެެވެ.

އުރީދޫ އިން ބުނީ އެސްއޭޕީ އާ ގުޅުނީ އުރީދޫގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަން ގެނެސް ކުންފުނި އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.

އެގޮތުން އެސްއޭޕީން ޚާއްސަ ސޮފްޓްވެރއާތަކެއްގެ ޚިދުމަތާއެކު އުރީދޫގެ އެކި ޑިޕާޓްމަންޓްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރުމަށް އެހީތެރިވެދިނުމަށް އެހީވާނެ ކަމަށެވެ.

“މުޅި ދުނިޔޭގައި ވެސް މިފަދަ ސޮޕްޓްވެއާރތަކުގެ ޚިދުމަތްދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އެސްއޭޕީ ޚިދުމަތްތައް ހޯދަން ފެށުމުން އެންޓަރޕްރައިސް ރިސޯސް ޕްލޭނިންގ (އީއާރުޕީ)ގެ ސޮފްޓްވެއާރ އާއި އެސްއޭޕީ އަރީބާ އަދި ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗެއިން ސޮލިއުޝަންގެ ސޮފްޓްވެއާރތައް ބޭނުންކުރެވޭނެ.” އުރީދޫ އިން ބުންޏެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ އެސްއޭޕީގެ ޚިދުމަތްތައް އުރީދޫން ހޯދަން ފެށުމުން ކަސްޓަމަރުންންނާއި މަުވައްޒަފުންނާއި ސަޕްލަޔަރުންނާ ގުޅިގެން ކުރިއަށް ވުރެ ހަރުދަނާކޮށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

“އުރީދޫ އިތުރަށް ތަަރައްގީކޮށް ފުޅާކުރުުމަށް އެސްއޭޕީ ފަދަ ކުންފުނިތަކާއެކު މަސައްކަތް ކުރުމަށް އުރީދޫން އަބަދުވެސް ބޭނުންވޭ.” އުރީދޫގެ ސީއީއޯ އަޒީޒް އަލުތުމަން ފަޚްރޫ ވިދާޅުވިއެވެ.