English Edition
Dhivehi Edition
ޝަހީދުންގެ ދުވަހާއި ގުޅިގެން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު ކުއިޒް މުބާރާތް ފުވައްމުލަކު ސްކޫލުން ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީގައެވެ، މި ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ގިނަ ހަރަކަތާތްތަކެއް އަންނަނީ ހިންގަމުންނެވެ.
މިގޮތުން ފުވައްމުލައް ސިޓީގެ ސްކޫލްތަކަށް ހުޅުވާލައިގެން ‘ސުވާލާއި ޖަވާބު’ މުބާރާތުގެ ނަމުގައި ބޭއްވި ކުއިޒްގައި ވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލް،ހާފިޒު އަހްމަދު ސްކޫލް، ޏ.އަތޮޅު ތައުލީމީ މަރުކަޒު އަދި ފުވައްމުލައް ސިޓީ ސްކޫލުންވަނީ ބައިވެރިވެފައެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ގިނަ ހަރަކަތާތްތަކެއް ބާއްވަމުން އަންނައިރު، ފުވައްމުލައް ސިޓީގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.
މި ދުވަސް ނިސްބަތްވަނީ މާތްވި އިސްލާމް ދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި، އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް. އެއީ ހިޖުރައިން 965 ވަނަ އަހަރުގައެވެ. މީލާދީ ކަލަންޑަރުން މި އަހަރުގެ މިދުވަހަކީ 4 މާޗްއެވެ.