English Edition
Dhivehi Edition

އެކްޓަރު އަރްޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރް އޭނާގެ ބަރުދަން ލުއިކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އަންޝުލާ އިންސްޓަގްރާމްގައި އެންމެ ފަހުން އާންމުކުރި ފޮޓޯއިން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު އޭނާ ވަނީ މޫނު މައްޗާއި މުޅި ހަށިގަނޑުން ވެސް ބޮޑު ބަދަލެއް ގެނެސް ހިއްކާލާފައެވެ، މި ފޮޓޯ އާއި ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް އަންޝުލާ ދީފައިނުވާއިރޔ އޭނާގެ ބަރުދަނުން ލުއިކޮށްލީ ކިހާވަރަކަށް ކަމެއްވެސް ނުބުނެ އެވެ.ސޯޝަލް މީޑިއާ އަށް އަންޝުލާ ދޫކޮށްލި ފޮޓޯ އާއި އެކު، އޭނާގެ އާއިލާގެ ބައެއް މީހުންނާއި ސަޕޯޓަރުންވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. .

ފިލްމީ އާއިލާއަކަށް އުފަންވި ނަމަވެސް ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާގެ އެއްވެސް ޝައުގެއް ނެތެވެ، މަޝްހޫރު ޕްރޮޑިއުސަރު މޯނާ ކަޕޫރް އާއި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ބޮނީ ކަޕޫރުގެ އެންމެ ހަގު ދަރިފުޅު އަންޝުލާގެ ހަޔާތުގެ ވަރަށް ގިނަ ކަންތައްތައް އޭނާ ވަނީ އަރްޖުންއަށްޓަކައި ގުރުބާންކޮށްފައެވެ.

މިގޮތުން މޯނާ އާއި ބޮނީ ކަޕޫރްގެ ކައިވެނި ރޫޅުމުން އެމީހުންގެ ހަޔާތުގެ ބޮޑު ބައި ހޭދަކޮށްފައިވަނީ މަންމަ މޯނާ އާއި އެކުގައެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު މޯނާ މަރުވުމުން އަރްޖުން އާއި އަންޝުލާ ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. މި ދުވަސްތަކުގެ ވާހަކަ ހަނދާންކުރަމުން މީގެ ކުރިން އަރްޖުން ބުނީ އަންޝުލާ، އޭނާގެ އުފާތައް ދޫކޮށް އަރްޖުންގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ވަރަށް މަސައްކަތްކޮށްދީފައިވާކަމަށެވެ.