English Edition
Dhivehi Edition
ފަޅާލާފައިވާ މިފްކޯ މަސް ފިހާރަ: ފޮޓޯ ވީނިއުސް

މާދަމާ އިން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

“މިހާރު” ނޫހަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މާދަމާ އިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އަންނަ ރަނގަޅު ބަދަލާ އެކު މަސްވެރިންނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުންފުނީގެ ބައެއް އުފެއްދުންތަކުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.

މިފްކޯ އިން ކަނޑާއި އެއްގަމުގައި ހިންގާ ގިނަ އޮޕަރޭޝަންތަކުގެ މައިގަނޑު ކޮމްޕޯނަންޓަކީ ތެޔޮ ކަން ފާހަގަކުރައްވަމުން އިސްމާއިލް ފައުޒީ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް މިހާރު އަންނަމުންދާ ބަދަލުތަކާ ގުޅިގެން ހަރަދުތައް ބޮޑުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އިސްމާއިލް ފައުޒީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް މިފްކޯގެ އުފެއްދުންތައް ވީހާވެސް ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.