English Edition
Dhivehi Edition
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީލަންކަން އެއާލައިން ޝެޑިއުލް ފްލައިޓް ޖެއްސިދުވަހުގެ އިވެންޓްގެ ތެރެއިން

އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި ގާއިމުކުރާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ބީސީސީން ބުނެފައިވަނީ މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާރޗް މަހުގެ 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކަމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހެއެވެ. އަދި އޮންލައިންކޮށް އެޕްލައި ކުރާނަމަ [email protected] އަށް އީމެއިލް ކުރުމަށްވަނީ އެދިފައެވެ.

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ މާލޭގައި ނަމަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ), ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އަދި އައްޑޫގައި ނަމަ ހިތަދޫ ބިޒްނަސް ސެންޓަރ، އަސޭނާ-4، އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅަން ޖެހޭ ނަމްބަރަކީ 3305555 އެވެ.