ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ނިޔަމިކަމުގެ ސަނަދު 2’ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ ފުވައްމުލައް ސިޓީ ކައުންސިލާއި، އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މި ކޯހާއި ބެހޭ ގޮތުނަ ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިފަދަ ކޯހެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މަސައްކަތް ހުއްޓާލުމަށްފަހު، މާލެ ގޮސް ކޯސް ފުރިހަމަކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުންކަމަށެވެ. އަދި ގިނަ ބަޔަކަށް މި ކޯސް ފުރިހަމަކުރެވިފައި ނުވާތީ މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މާރިޗް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދި ފޯމު bit.ly/34XoIw9 ފުރިހަމަކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.